• School order

  • School order

        • ޑިސިޕްލީން 



        • 1 އެގްޒިޓް ކާޑް ނުލައި ކްލާހުން ބޭރުގައި އުޅުން

          (ހ) EXIT CARD  މިކާޑު ނެތި  ކްލާހުން ބޭރުގައި އުޅެނިކޮށް ފެންނަ ފުރަތަމަ ފަހަރު، ނަޞޭޙަތް ދިނުމަށްފަހު ކްލާހަށް ވައްދާނެއެވެ.

          (ށ) ދެވަނަފަހަރު، ކްލާސް ގަޑިތައް ނިމުނީމައި އިދާރާއަށް ދަރިވަރު ގެނެސް ކަންތައް ހިގިގޮތުގެ ބަޔާނެއްގައި ސޮއިކުރުވައި އެބަޔާން ދަރިވަރުގެ ފައިލަށް ލާނެއެވެ.

          (ނ) ތިންވަނަފަހަރު ކްލާސް ގަޑިތައް ނިމުނީމައި ދަރިވަރު އިދާރާއަށް ގެނެސް ކަންތައް  ހިނގިގޮތުގެ ބަޔާނެއްގައި ސޮއިކުރުވައި އެބަޔާން ދަރިވަރުގެ ފައިލަށް ލުމަށްފަހު ނުކިޔަމަންތެރި ދަރިވަރެއްގެ ގޮތުގައި އިދާރާގައި ނަން ނޯޓްކުރެވޭނެއެވެ.

          (ރ) ހަތަރުވަނަ ފަހަރު ކްލާސް ގަޑިތައް ނިމުނީމައި ބެލެނިވެރިޔާއާއި ދަރިވަރު އޮފީހަށް ޚާޒިރުކޮށް ދަރިވަރު އެއްހަފްތާއަށް ސްކޫލަށް ސަސްޕެންޑްކޮށް ދަރިވަރުގެ ފައިލްގައި ނޯޓްކުރާނީއެވެ.

           

           

          22.2 ސްކޫލުގެ ނަމަށް ހުތުރުވާފަދަ ޢަމަލެއް ހިންގުން

          (ހ) ޅޮހީސްކޫލުގެ ރީތިނަން ހުތުރުވާފަދަ ޢަމަލެއް ދަރިވަރަކު ކޮށްފިނަމަ ، އެޢަމަލުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު، ތިރީގައި މިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް  ޢަމަލު ކުރެވިދާނެއެވެ.

          1. ސްކޫލް ތަމްޘީލު ކުރާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުކުރުން

          2. އިތުރު ހަރަކާތްތަކުގައި ބައިވެރި ނުކުރުން

          3. ދަރިވަރަށް ދެވިފައިވާ އިމްތިޔާޒު ތަކުން މަޙްރޫމް ކުރުން

          22.3 ސައި ނުބޮއި ސްކޫލަށް އައުން:

          (ހ) ސައިނުބޮއި ނުވަތަ ނުކައި ދަރިވަރަކު ސްކޫލަށް އަތުވެއްޖެނަމަ، އެދަރިވަރެއްގެ ބެލެނިވެރިޔާއާ ގުޅާ، ދަރިވަރަށް ސައި ނުވަތަ ކެއުން، ދީފައި ސްކޫލަށް ފޮނުވުމުގެ މުހިއްމުކަން ދަރިވަރަށާއި ބެލެނިވެރިޔާއަށް ވިސްނައި ދެވޭނެއެވެ.

           

          22.4 ދުންފަތުގެ އިސްތިޢުމާލުކުރުން:

          (ހ) ދަރިވަރަށް ނަޞޭހަތް ދިނުން، އެއަށްފަހު ބެލެނިވެރިޔާއަށް އެންގުން. ނަމަވެސް ސްކޫލް ތެރޭގައި ސިނގިރޭޓް ބޮއިފިކަން ސާބިތުވެއްޖެނަމަ މުއްދަތެއް ނެތްގޮތަށް ގެއަށް ފޮނުވާލެވޭނެއެވެ.

          (ށ) މިފަދަ ޢަމަލް ތަކުރާރުވާނަމަ ގެއަށް ފޮނުވާލުމުގެ އިތުރުން އެދަރިވަރަށް ދެވިފައިވާ ހުރިހައި އިމްތިޔާޒު ތަކަކުން މަޙްރޫމް ކުރުމުގެ އިތުރުން ސްކޫލް ތަމްޘީލްކުރާ އެއްވެސް ހަރަކާތެއްގައި އެދަރިވަރު ބައިވެރި ނުކުރެވޭނެއެވެ.

          (ނ) 3 ފަހަރެއްގެ މަތިން ދުންފަތުގެ އިސްތިޢުމާލު ކުރާކަމަށް ކުއްޖެއްގެ ރިޕޯޓްކުރެވި، އެކަން ޘާބިތުވެ، ނަޞޭޙަތް ދިނުމުންވެސް ހުއްޓައިނުލައި 4 ވަނަ ފަހަރުއެކަން ޘާބިތުވެއްޖެނަމަ، އެދަރިވަރު ސްކޫލުން ވަކިކުރެވޭނެއެވެ.

           

          22.5 ސްކޫލް ގަޑީގައި ސްކޫލުން ބޭރުގައި އުޅުން:

          (ހ) ކިޔަވާ ގަޑީގައި، ނުވަތަ ސްކޫލުގެ ބޭނުމަކަށް އައިސްއުޅޭ ވަގުތެއްގައި ސްކޫލް އޮފީހުގެ ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދަނެތި ސްކޫލުން ބޭރަށް ނިކުމެއްޖެނަމަ، ފުރަތަމަ ފަހަރު ނަޞޭޙަތްދިނުން.

          (ށ) އެފަދަ ކަމެއް ދެވަނަ ފަހަރު ތަކުރާރުކޮށްފިނަމަ، އެދަރިވަރުގެ ރެކޯޑު ފައިލުގައި އެކަން ނޯޓްކުރުމަށްފަހު ސަސްޕެންޑް ކުރުން

          (ނ) ތިންވަނަ ފަހަރު، ބެލެނިވެރިޔާއާއި ދަރިވަރު ސްކޫލަށް ޙާޟިރުކޮށް ބޯޑަށް ހުށަހަޅައިގެން ގޮތެއް ނިންމުން.

           

          22.6 ސްކޫލަށް ގެންނަ ތަކެތި:

          (ހ) ސްކޫލަށް ގެންނަންޖެހޭ ތަކެއްޗަކީ، ޓެކްސްޓުފޮތާއި ނޯޓުފޮތާއި، ކަލްކިޔުލޭޓަރާއި، ފަތިގަނޑާއި، ފޮހޭރަބަރާއި، ގަލަމާއި ފަންސުރު ފަދަ ކިޔެވުމަށް ބޭނުންވާ ތަކެއްޗެވެ.

          (ށ) ދަރިވަރު ސްކޫލަށް އަންނައިރު ގެންނަންޖެހޭ ތަކެތި ފުރިހަމަކޮށްދީފައި ސްކޫލަށް ފޮނުވުމަށް ބެލެނިވެރިޔާ ސަމާލުކަން ދޭންވާނެއެވެ.

           

          22.7 ސްކޫލަށް ގެނައުން މަނާ ތަކެތި:

          (ހ) ކިޔެވުމަށް ބޭނުންވާ، ނުވަތަ ސްކޫލުން އަންގައިގެން ގެންނަތަކެތި ފިޔަވާ އެހެންއެއްޗެއް ސްކޫލަށް ގެނައުމަކީ މަނާކަމެކެވެ. އެފަދަ އެއްޗެއް ގެނެސްފިނަމަ، ގެންނަ ފުރަތަމަ ފަހަރު އެއެއްޗެއް އަތުލުމަށްފަހު، ސްކޫލް ނިމޭ ގަޑީގައި ބެލެނިވެރިޔާ ޙާޒިރުކޮށް، ދަރިވަރަށް ނަޞޭހަތް ދެވޭނެއެވެ.

          (ށ) ދެވަނަފަހަރު އެ އެއްޗެއް އަތުލުމަށްފަހު، ސްކޫލް ނިމޭ ގަޑީގައި ބެލެނިވެރިޔާ ޙާޒިރުކޮށް، ދަރިވަރަށް ނަޞޭޙަތް ދިނުމަށްފަހު، އެކަމާބެހޭ ބަޔާނެއްގައި ދަރިވަރު ލައްވާ ސޮއިކުރުވައި، ފައިލަށް ލެވޭނެއެވެ.

          (ނ) ތިންވަނަ ފަހަރު ތަކުރާރު ވެއްޖެނަމަ، އެ އެއްޗެއް އަތުލުމަށްފަހު، ސްކޫލްނިމޭ ގަޑީގައި ބެލެނިވެރިޔާ ޙާޟިރުކޮށް، އެކަމާބެހޭ ބަޔާނެއްގައި ދަރިވަރު ލައްވާ ސޮއި ކުރުވައި، ދަރިވަރުގެ ފައިލަށް އެލިޔުން ލުމަށްފަހު، ކަމުގެ ކުޑަބޮޑުމިނަށް ބަލާފައި، އެއެއްޗެއް ނައްތާލުމަށްފަހު ދަރިވަރު ސްކޫލުން ވަކި ކުރެވޭނެއެވެ.

           

          22.8 އެއްގޮތަކަށްވެސް ސްކޫލަށް ގެނެވިގެން ނުވާނޭ ތަކެތި:

          (ހ) ފާޙިޝް އަދަބިއްޔާތާއި މަންޒަރު ދައްކުވައިދޭ ފޮޓޯއާއި، ވީޑިއޯ، އަދި ފާޙިޝް ޢަމަލެއް ކުރުމަށް ބޭނުންކުރެވިދާނެ ބާވަތުގެ ތަކެތި.

          (ށ) ކަޓަރު، ވަޅި ފަދަ ތޫނުތަކެތި ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ނުވަތަ އަނިޔާއެއް ދެވިދާނެ ތަކެތި.

          (ނ) ދުންފަތާއި ދުންފަތުން އުފައްދާފައިވާ އެއްވެސް އެއްޗެއް، ނުވަތަ މަސްތުވާ ތަކެއްޗާއި އާލާތްތައް.

          (ރ) ލައިޓަރު، އަލިފާން ދަނޑި ނުވަތަ އަލިފާން ރޯކުރަން ބޭނުންކުރެވޭ ތަކެތި.

          (ބ) އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު މަނާކުރާ ތަކެތި.

          (ޅ) ސްޕާރީ، ކިއްލި ފަދަ ދުފާ ތަކެއްޗާއި ޗުއިންގަމް ބަބުލްގަމް ފަދަ ތަކެތި.

          (ކ) ކިޔެވުމާ ގުޅުމެއްނެތް ފޮޓޯ ނުވަތަ ވީޑިއޯ ފަދަ ތަކެތި.

          (އ) ކެމެރާ، ވޯކްމަން، ސީޑީޕްލެއަރ، އައި-ޕޮޑް، ހެޑްފޯން، މޯބައިލް ފޯން، ނޫސް މަޖައްލާ، ސީޑީ، ފްލޮޕީ ޑިސްކް، އަދި ޕެން ޑްރައިވް ފަދަ ތަކެތި.

          (ވ) ސްކޫލަށް ގެނައުން މަނާ ތަކެތީގެ ތެރެއިން (ހ.ށ.ނ.ރ.ބ) ގައިވާ އެއްޗެއް ދަރިވަރަކު ގެނެސްފިނަމަ ވަކިގޮތެއް އަންގަންދެން ސަސްޕެންޑް ކުރެވޭނެއެވެ. އެފަދަ ކުއްޖަކަށް އަލުން ސްކޫލަށް އާދެވޭނީ ސްކޫލުން އެންގުމުންނެވެ.

           

          22.9 ދަރިވަރުންނަށް ގެއްލުން ދިނުން:

          (ހ) އެއް ދަރިވަރަކު އަނެއް ދަރިވަރަކާ ބެހުން ނުވަތަ ގައިގާ ޖެހުން، ނުވަތަ މާރާމާރީ ހިންގުން، ނުވަތަ އެދަރިވަރެއްގެ އެއްޗަކަށް ގެއްލުން ދިނުން، ނުވަތަ އެފަދަ ޢަމަލެއް ހިންގައިފާނެ ކަމުގެބިރު ދެއްކުމަކީ މަނާކަމެކެވެ.

          (ށ) އިސްވެ ބަޔާންކުރި ފަދަކަމެއް ކްލާސްރޫމް ތެރޭގައި ހިންގައިފިނަމަ އެގަޑީގައި ހުންނެވި މުދައްރިސަކު އެމައްސަލަ ބައްލަވައިފާ، އެކަމަށް ފިޔަވަޅު އަޅުއްވާނެއެވެ.

          22.10 ދަރިވަރަކު ސްކޫލުގެ މުވައްޒަފެއްގެ ގަޔަށް އަތްލުން ، ބިރުދެއްކުން:

          ހ. މިފަދަކަމެއް ހިގައިފިނަމަ، އެދަރިވަރަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ނުކުޅެދުމެއް ހުރިކުއްޖަކަށް ނުވުމާއި އެކު ، ދަރިވަރު ހިންގި އަމަލަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ލިބޭފަދަ ކަމަކަށް ނުވާނަމަ ، ކަންހިގައިދިޔަ ގޮތުގެ ބަޔާނެއްގައި އެދަރިވަރު ލައްވައި ސޮއިކުރެވޭނެއެވެ. އަދި އެމުވައްޒަފެއްގެ ކިބައިން އެދަރިވަރު މާފަށް އެދެންޖެހޭނެއެވެ. އަދި އެބަޔާން އެދަރިވަރުގެ ފައިލަށް ލެވޭނެއެވެ.

          ށ. މިފަދަކަމެއް ތަކުރާރުވެއްޖެނަމަ، ބެލެނިވެރިޔާ ހާޟިރުކޮށް، ކަންހިގައި ދިޔަގޮތުގެ ތަފްސީލު ކިޔައިދިނުމަށްފަހު، އެދަރުވަރު އަދަބުވެރިކުރުވުމަށް އަންގާ ލިޔުމެއްހަވާލުކުރެވޭނެއެވެ.

          ނ. ދަރިވަރަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ނުކުޅެދުމެއް ހުރުމުގެ ސަބަބުން ބޭއިޚްތިޔާރުގައި އާދަޔާޚިލާފު އަމަލުތަކެއް ހިންގާ ކުއްޖަކަށްވާނަމަ، އެފަދަ ކުއްޖެއްގެ މައްސަލަބަލާ ފިޔަވަޅުއަޅާނީ އެކުއްޖެއްގެ ނަފްސާނީ އަދި ޖިސްމާނީ ނުކުޅެދުމަށް ރިޢާޔަތް ކޮށްގެންނެވެ.

          ރ. ދަރިވަރު ހިންގިއަމަލަކީ، ޖިސްމާނީ ނުވަތަ ނަސްފްސާނީ ގޮތުން މީހަކަށް ގެއްލުމެއްލިބޭފަދަ ކަމެއް ކަމަށް ގަބޫލު ކުރެވޭ ފަދަ ކަމަކަށްވެފައި އަނިޔާ ލިބުނުފަރާތުން މާޢާފުދެއްވައިފިނަމަ ދަރިވަރަށް ނަސޭޙަތްދިނުމަށް ފަހު ބަޔާނެއްގައި ސޮއިކުރުވައި އަދި ބެލެނިވެރިޔާ ލައްވައިވެސް އެބަޔާނުގައި ސޮއިކުރުވުމާއިއެކު އެބަޔާން ދަރިވަރުގެ ފައިލަށް ލެވޭނެއެވެ.

          ބ. އަނިޔާލިބުނު ފަރާތުން މަޢާފުނުދެއްވައިފިނަމަ ، އެމައްސަލަ ޙައްލުކުރާނީ ސްކޫލް ބޯޑުގެ މަޝްވަރާއާއިއެކު ސްކޫލް މެނޭޖްމަންޓުންނެވެ.

          ޅ. މުދައްރިސަކާދިމާއަށް ބޭއަދަބީ ބަހެއް ބުނެފިނަމަ، ފުރަތަމަ ފަހަރު ، ކްލާސްޓީޗަރު އެދަރިވަރަކަށް ނަސޭޙަތް ދިނުމަށްފަހު އެކަން ނޯޓުކުރާނީއެވެ. ދެވަނަފަހަރު ތަކުރާރު ވެއްޖެނަމަ، ލީޑިންޓީޗަރު މައްސަލަބައްލަވާ ދަރިވަރުގެ ބަޔާނެއްނަގައި ދަރިވަރުގެ ފައިލަށް ލުމަށްފަހު ލިޔުމަކުން އެކަން ބެލެނިވެރިޔާއަށް އަންގަވާނެއެވެ. ތިންވަނަފަހަރު ތަކުރާރު ވެއްޖެނަމަ، ބެލިނިވެރިޔާ ޙާޟިރުކޮށް މައްސަލައާއިބެހޭ ބަޔާނެއްގައި ބެލެނިވެރިޔާ ލައްވައި ސޮއިކުރުވައި ބެލެނިވެރިޔާ ޒިންމާކުރެވެނެއެވެ. އަދި މިބަޔާނުގެ ކޮޕީއެއް ދަރިވަރުގެ ފައިލައްލެވޭނެއެވެ. މިއަށްވުރެ އިތުރަށް މިފަދަކަމެއް ތަކުރާރު ވެއްޖެނަމަ ، ދަރިވަރު ސްކޫލުން ވަކިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިޔަށް ގެންދާނެއެވެ.

          22.11 ދަރިވަރަކު ސްކޫލުގެ މުވައްޒަފެއްގެ އެއްޗަކަށް ، ނުވަތަ ސްކޫލުގެ އެއްޗަކަށް ، ނުވަތަ ތަނަކަށް ގެއްލުންދިނުން، ނުވަތަ އެފަދަކަމެއްގެ ބިރުދެއްކުން ނުވަތަ އިންޒާރުދިނުން :

          ހ. ސްކޫލުގެ މުވައްޒަފެއްގެ އެއްޗަކަށް ، ނުވަތަ ސްކޫލުގެ އެއްޗަކަށް ނުވަތަ ތަނަކަށް ގަސްތުގައި ގެއްލުމެއްދީފިނަމަ ، ފުރަތަމަފަހަރު ދަރިވަރަށް ނަސޭޙަތްދީ ، ބެލެނިވެރިޔާ ޙާޟިރުކޮށް އެއެއްޗެއް ރަނގަޅުކުރުމަށް ނުވަތަ އެގެއްލުމެއްގެ އަގު ދެއްކުމަށް އަންގައި ބެލެނިވެރިޔާ ލައްވައި ބަޔާނެއްގައި ސޮއިކުރުވުމަށްފަހު ދަރިވަރުގެ ފައިލަށް އެބަޔާން ލެވޭނެއެވެ.

          ށ. ކްލާސްތެރޭގައި އެމައްސަލަ ޙައްލުނުކުރެވިއްޖެނަމަ ، ކަންހިނގާދިޔަގޮތުގެ ރިޕޯޓަކާއެކު އެމައްސަލަ ބެއްލެވުމަށް ކްލާސްޓީޗަރާ ޙަވާލުކުރާނީއެވެ. ކްލާސްޓީޗަރާ ބައްދަލު ނުވެއްޖެނަމަ، އެސެޝަނެއްގެ ލީޑިން ޓީޗަރަށް މައްސަލަ ހުށަހެޅޭނެއެވެ.

          ނ. ކްލާހުންބޭރުގައި ދިމާވާ މައްސަލައެއްނަމަ، ކަންހިނގާދިޔަ ގޮތުގެ މަޢުލޫމާތު ލިބިފައިވާ ޕްރިފެކްޓް ނުވަތަ ޓީޗަރު، ކަންހިނގާ ދިޔަގޮތުގެ ރިޕޯޓަކާއެކު ކްލާސްޓީޗަރަށް އެމައްސަލަ ހުށަހެޅުމުން ، އެމައްސަލަ ބައްލަވާނީ ކްލާސްޓީޗަރެވެ. ކްލާސްޓީޗަރާ ބައްދަލު ނުވެއްޖެނަމަ ، އެސެޝަނެއްގެ ލީޑިން ޓީޗަރަށް މައްސަލަ ހުށަހަޅާނީއެވެ.

          ރ. ދަރިވަރުންގެ މެދުގައި ޖެހޭމައްސަލަތައް ޙައްލުކުރުމުގައި އިސްކަންދޭނީ ދެފަރާތް ސުލްޙަކުރުވައިގެން މައްސަލަ ނިންމާށެވެ. ސުލްޙަކުރެވެން ނެތްނަމަ ، ދަރިވަރުންގެބަޔާނެއްގައި ، ސޮއިކުރުވުމަށްފަހު އެދަރިވަރުގެ ފައިލަށް ލެވޭނެއެވެ. އެއަށްފަހު އެކަމުގައި ކުށްވެރިވާ ނުވަތަ ކުށްކުރި ކުއްޖާ ނޫންނަމަ ކުދިންގެ ބެލެނިވެރިންގެ ޙާޟިރުގައި އެދަރިވަރުންނަށް ނަސޭޙަތް ދެވޭނެއެވެ.

          ބ. އަނިޔާއެއްނުވަތަ ފުރާނައަށް ގެއްލުމެއް ލިބޭފަދަ ކަމެއްދިމާވެއްޖެނަމަ، އެންމެއިސްކަން ދެވޭނީ އެކަމަކަށް ސްކޫލުން ދެވެންހުރި ފަރުވާއެއް ދިނުމަށެވެ. މައްސަލަބަލާނީ އެއަށްފަހުއެވެ.

          ޅ. އެ ލިބުނު އަނިޔާއަށް އިތުރަށް ފަރުވާދޭން ޖެހިއްޖެނަމަ، ދަރިވަރު ހޮސްޕިޓަލަށް ގެންގޮސް ، ދެފަރާތުގެ ބެލެނިވެރިންނަށް އަންގައި، ފަރުވާގެ ކަންތައް ކުރިޔަށް ގެންދެވޭނެއެވެ. އެއަށްފަހު މަދްރުސާއަށް ދެފަރާތުގެ ބެލެނިވެރިން ޙާޟިރުކޮށްގެން ސުލްޙަވެރިކަމާއެކު މައްސަލަނިންމަން މަސައްކަތް ކުރާނެއެވެ. ސުލްޙަނުކުރެވުނު ނަމަ ނުވަތަ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމުގެ ބިރުއޮތްނަމަ ދަރިވަރާމެދު ނުވަތަ އެމައްސަލައާއި މެދު މަދްރަސާއިން ގޮތެއް ނިންމާނީ ސްކޫލުގެ ބޯޑަށް ހުށަހަޅައިގެންނެވެ. މި ގޮތުން ކަމާބެހޭ ރަސްމީ ފަރާތަށް ( މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ބޭނުންވެއްޖެނަމަ ރާއްޖޭގެ ޢަމަން ބަލަހައްޓަވާ އިދާރާއަށް ) އެކަން އަންގާނެއެވެ.

          ކ. ދަރިވަރުން ދަރިވަރުންނަށް އެކި ސިފަސިފައިގާ އުނދަގޫކޮށް ، ބިރުދެއްކުމުގެ ޢަމަލަކީ ވަރަށް ހިތިކޮށް އޭގެނަތީޖާ ފެންނަމުންދާ ޢަމަލަކަށްވާތީ ، މިފަދަ ޢަމަލެއް ހިނގުމާއެކު އެޢަމަލެއް ހިންގި ދަރިވަރަކާ ބެހޭގޮތުންނާއި އެޢަމަލު ހިންގި ދަރިވަރަކާއި އެޢަމަލެއް ރައްދުވާ ދަރިވަރަކާ ބެހޭގޮތުން ވީހައި ގިނަ މަޢުލޫމާތެއް ހޯދައި ދިރާސާކޮށް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ސްކޫލްން އަޅަމުން ގެންދާނެއެވެ.

          އ. ދަރިވަރަކު އެހެން ދަރިވަރަކަށް ޖިންސީގޯނާއެއް ކުރުން ނުވަތަ އެފަދަ ޢަމަލެއް ހިންގައިފިނަމަ މައްސަލަ ތަޙުޤީޤު ކުރުމަށްފަހު ސްކޫލްބޯޑުގެ މަޝްވަރާއާއި އެކު އެދަރިވަރު ސްކޫލުން ކަނޑާލެވޭނެއެވެ.

          ވ. މިކަން ތަކުރާރުވެއްޖެނަމަ ، އެކަމާމެދު ގޮތެއް ނިންމާނީ ސްކޫލްބޮޑުގެ މަޝްވަރާއާއި އެކު ސްކޫލް މެނޭޖްމަންޓުންނެވެ.

          23. ދަރިވަރު ސްކޫލްގައި ބަދުއަޚްލާޤީ ޢަމަލެއް ހިންގުން:

          ހ. އެއްވެސް ސިފައެއްގައި ދަރިވަރަކު ސްކޫލުގައި ބަދުއަޚްލާޤީ ޢަމަލެއް ހިންގައިފިނަމަ ، އެދަރިވަރަކު ސްކޫލުން ވަކިކުރެވޭނެއެވެ.  އެއަށްފަހު ދިވެހިރާއްޖޭގެ ގާނޫނާއި ޤަވާޢިދާއެއްގޮތް ވާގޮތުގެ މަތިން ކަމާބެހޭ ފަރާތަށް މައްސަލަ ހުށަޅޭނެއެވެ.

          ށ. މަތީގައި ދެއްނެވިފައިވާފަދަ އަމަލެއް ހިންގާފައިވާ ދަރިވަރަކު އަލުން ސަކޫލަށްވައްދަން އެދުނުކަމުގައިވިޔަސް އަދި ސްކޫލުގައި ބެހެއްޓުމަށް ކަމާބެހޭ ފަރާތަކުން އެންގެވިނަމަވެސް އެފުރުސަތު ދެވޭނީ ސްކޫލުގެ ބޯޑުގެ މަޝްވަރާއާއިއެކު މެނޭޖުމަންޓު އެއްބަސްވާނަމައެވެ.

          ނ. މިފަދަ އަމަލެއް ޅޮހީސްކޫލުގައި އުޅޭ ސިވިލްސާވިސްގެ މުވައްޒަފަކު ނުވަތަ އެނޫން މުވައްޒަފަކު ހިންގައިފި ނަމަވެސް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ޢަމަލްކުރެވޭނެއެވެ. އަދި އެމުވައްޒފަކީ ޓީޗަރަކުނަމަ ނުވަތަ ދަރިވަރުންނާއި ގުޅުންހުރިދާއިރާއެއްގައި މަސައްކަތްކުރައްވާ މުވައްޒަފަކުކަމުގައި ވާނަމަ އެކަމަކުން އެކަހެރި ކުރެވޭނެއެވެ ، މީގެތެރޭގައި ކިޔައިދިނުންވެސް ހިމެނެއެވެ.

           

           

           

          24 ދަރިވަރުން މުޢާމަލާތު ކުރުން

             24.1 ދަރިވަރުންގެ ބަހުރުވަ:

          ހ. ޅޮހީސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންގެ ބަހުރުވަ ހުންނަންވާނީ ރީތި ބަހުރުވައިންނެވެ. އެއްވެސް ހާލެއްގައި ސްކޫލުގައި އަދި ސްކޫލުން ބޭރުގައިވިޔަސް އެއްވެސް ދަރިވަރަކު ހުތުރު ބަހުރުބަ ބޭނުންކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ.

          ށ. ދަރިވަރެއްގެ ބަހުރުވަ ހުރިގޮތުން ކުލާހުގައި މުދައްރިސަކަށް ކިޔަވައިދިނުމަށް ދަތިވަމުން ދާނަމަ އެކަން ކުލާސް ޓީޗަރަށް ރިޕޯޓް ކުރަން ވާނެއެވެ. އެފަދަ ރިޕޯޓެއް ކުލާސްޓީޗަރަށް ލިބިއްޖެނަމަ ދެވަނަ ފަހަރު އެޓީޗަރު ކުލާހަށް ދިޔުމުގެ ކުރިން އެމައްސަލަ ބައްލަވާ އެޅުއްވިފިޔަވަޅު އެޓީޗަރަކަށް އަންގަވަންވާނެއެވެ.

          ނ. މިފަދަ އަމަލެއް އެދަރިވަރެއްގެ ފަރާތުން ތަކުރާރުވާނަމަ އެދަރިވަރުގެ ބެލެނިވެރިޔާ ސްކޫލަށް ޙާޟިރުކޮށް އެމައުލޫމާތު ދިނުމަށްފަހު ދަރިވަރުގެ ކިބާގައިވާ އެއަމަލެއް އިސްލާޙު ކުރުމަށް ދެއްނެވުމަށްފަހު ބަޔާނެއްގައި ސޮއި ކުރެއްވުމަށްފަހު ފައިލަށް ލެވޭނެއެވެ.

          ރ. ތިންވަނަ ފަހަރު އެއްދަރިވަރަކު އެފަދަ ހުތުރުބަސް މުދައްރުސަކާ މުޚާތަބުކޮށް ބުނެފިނަމަ ނުވަތަ ބުނަމުންދާކަން އެގިއްޖެނަމަ އެމައްސަލަ އެސެޝަންގެ ލީޑިންގ ޓީޗަރަށް ހުށަހެޅޭނެއެވެ. މިގޮތަށް ހުށަހެޅޭ މައްސަލަ މެނޭޖްމަންޓުގެ މަޝްވަރާގެ މަތިން ބެއްލެވުމަށްފަހު އެކަން އިސްލާޙް ކުރުމަށް އަޅަންފެންނަ ފިޔަވަޅެއް އަޅުއްވާނެއެވެ.

          25 މިޤަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވުން:

          މިޤަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަމާ ބެހޭގޮތުން ގޮތެއް ނިންމާނީ ސްކޫލުގެ ޕީ.ޓީ.އޭ އާއި ބޯޑުގެ މަޝްވަރާއާއި އެކު ސްކޫލު މެނޭޖްމަންޓުންނެވެ.

           

    • Contacts

      • Lhohee School, N, Lhohee
      • +960 6560573
      • Lhohee School I Orchid Magu I N. Lhohi I Rep. of Maldivea
        Maldives
  • Become our fan

    • Login